ދިރިއުޅޭތަން ސާފުތާހިރުކޮށް ބަހައްޓަންޖެހޭ 5 ސަބަބު!
ދިރިއުޅޭތަން ސާފުތާހިރުކޮށް ބަހައްޓަންޖެހޭ 5 ސަބަބު!
ދިރުއުޅުމުގެ ވައްޓަފާޅި ނުވަތަ ޒިންމާތައް ގިނަކަމުން، ދިރިއުޅޭތަނުގެ ސާފުތާހިރުކޮށް ބެހެއްޓުމަށް ބާމޮޑު އަހައްމިއްޔަތުކަމެއް ގިނަފަހަރު ނުދެވި ހުރޭތޯއެވެ؟
ގޭތެރެ ސާފުތާހިރުކޮށް ބެހެއްޓުމަކީ ތިމާއާއި ތިމާގެ އާއިލާގެ ދުޅަހެޔޮކަމަށް ނުހަނު މުހިއްމުކަމެކެވެ. ތިރީގައި ފާހަގަކޮށްފައި އެވަނީ ސާފުތާހިރު މާހައުލަކުން ދިރިއުޅުމަށް ކުރާނޭ ތަފާތު ހެޔޮ ބަދަލުތަކެވެ.
ތިމާއަަށް ޙާސިލްކުރެވޭ ކަންތައް ގިނަވޭ ތާހިރުނޫން އަދި ތަރުތީބުނޫން މާޙައުލެއްގައި ދިރުއުޅޭނަމަ، ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތައް ހުންނާނީ އިހުމާލުވެވިފައެވެ. ނަމަވެސް، ތަރުތީބުކުރެވިފައިވާ އަދި ސާފުތާހިރު މާހައުލެއްގައި މަސައްކަތްކުރަން ފަސޭހަވެ، ކޮންމެ ދުވަހަކުވެސް ޙާސިލްކުރެވޭ ކަންތައް ގިނަވާނެއެވެ.
އުފެއްފުންތެރިކަން ގިނަވޭ ސާފު ތަންތަން ފެނުމުން ސިކުނޑި ތާޒާވޭ އަދި ތިމާގެ ނަފްސުގެ އުފެއްދުންތެރިކަން އިތުރުވެއެވެ. ތިމާގެ ވަށައިގެންވާ މާހައުލަކީ ސާފުތާހިރުނޫން ނުވަތަ ތަރުތީބުނޫން މާހައުލެއްނަމަ، ސިކުނޑިއަށް އެއްކަމަކަށް ވިސްނަން ދަތިވެ ސިކުނޑީގެ އުފެއްދުންތެރިކަމުގެ ފެންވަރު ދަށްވެއެވެ. ސާފުތާހިރު މާހައުލެއްގައި އުޅޭ މީހުން އެމީހަކު ކުރާކަމެއްގެ އެއްމެ ފުރިހަމަ ނަތީޖާ އެފަދަ މާހައުލެއްގައި މަސައްކަތްކުރުމުން ނެރެވެއެވެ.
ކުޑަކުދިން ހެދިބޮޑުވުމަށް ނުހަނު މުހިއްމުކަމެއް ހަޑި މުޑުދާރު މާހައުލަކީ އެއްވެސް އިންސާނަކު، ޙާއްސަކޮށް ކުޑަކުދިން ދިރުއުޅުން ހޭދަކުން ރަނގަޅު ތަންތަނެއް ނޫނެވެ. ހިގަންފަށާ އުމުރުގެ ކުޑަކުދިންނަކީ ތަޅުންގަނޑުމަތީ އުޅޭއިރު ކޮންމެ އެއްޗެއް ލިބުނަސް އަނގަޔަށް ލައިއުޅޭ ބައެކެވެ. އަދި ކުޑަކުދިންގެ ސިއްޙަތައް ގެއްލުން ލިބޭ ނުރައްކާތެރި ބެކްޓީރިއާފަދަ ތަކެތި މިކަހަލަ މާހައުލުތަކުގައި ޢާއްމުކޮށް އުޅެއެވެ.
ޖެހިލުމެއްނެތި މެހެމާނުން މަރުހަބާ ކިޔާލެވޭ ތަރުތީބުނޫން އަދި ސާފުތާހިރުނޫން ގެއަކަށް މެހެމާނުންތަކަކަށް މަރުހަބާ ކިޔަންޖެހުން ނޫން ލަދުވެތި ކަމެއް ދިމާވެދާނެބާއެވެ؟ ގާތް ރައްޓެހިން ނުވަތަ އާއިލާބަޔަކު އެނގުމެއްނެތި ކޮޢްލާ ޒިޔާރަތަކަށް، އަބަދުވެސް ގޭތެރެ ތައްޔާރަށް ބަހައްޓަންޖެހެއެވެ. އެއީ މުސްލިމުންގެވެސް ހުންނަންޖެހޭ މާތް ސިފައެކެވެ. އަދި މިގޮތަށް އަބަދު ތައްޔާރުކޮށްފައި ހުންނަ ގެތަކަށް ރަޙުމަތްތެރިންނާެއި މެހްމާނުންނަށް މަރުހަބާ ކިޔުންވެގެންދާނީ އުފަލަކަށެވެ.
ފަސޭހަކަމާ ހިތްހަމަޖެހުމާއެކު ނިދާލެވޭ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު، ސާފުތާހިރު ޝީޓުތައް އަޅާފައިވާ އެނދަކަށް އަރައި ތަރުތީބުވެ ސާފުތާހިރުކޮށްފައިވާ ގެއަށް "ގުޑް ނައިޓް" ކިޔާލުމަށްވުރެ ވަކި ހިތްހަމަޖެހޭނެ ކަމެއް އޮންނާނެތޯއެވެ. ހިތްހަމަޖެހިގެން ނިދާލެވޭނީ ހެނދުނުގެ ވަގުތަކީ ހިތްފަސޭކަމާއެކު ދުވަސް ފަށާލެވޭނެ ވަގުތެއްގެ ޔަގީންކަމާއެކުއެވެ.